އެންމެ މޮޅު އެކްޓަރުގެ ގައުމީ އިނާމް ސްރީ ދޭވީ އަށް

ސްރީދޭވީ، އެންމެ މޮޅު އެކްޓަރު ގެ ގައުމީ އިނާމު ލިބުނު 'މޮމް' ގެ މަންޒަރެއްގައި

އިންޑިއާގެ 65ވަނަ ނެޝެނަލް ފިލްމް އެވޯޑުގެ އެންމެ މޮޅު އަންހެން ތަރިއަކީ ސްރީ ދޭވީ ކަމަށް ކަނޑައަޅައިފިއެވެ. އޭނާ އަށް މި އިނާމު ލިބިފައިވަނީ 2017ވަނަ އަހަރު ރިލީޒް ކުރި 'މޮމް' ގައި އޭނާ ކުޅެފައިވާ ރޯލަށެވެ. 'މޮމް' އަކީ ސްރީ ދޭވީ ގެ އެންމެ ފަހު ފިލްމެވެ. އޭނާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި މަރުވެފައެވެ.

ސްރީ ދޭވީގެ 50 އަހަރު ވީ ދިގު ކެރިއަރުގައި އޭނާވަނީ 300 އެއްހައި ފިލްމު ކުޅެފައެވެ. އޭނާ ވަނީ ތެލުގޫ އާއި ތަމިލް އާއި އަދި ހިންދީ ފިލްމު ތައް ކުޅެފައެވެ.

އެންމެ މޮޅު އެކްޓަރަކަށް ހޮވުނުކަން އިއުލާން ކުރުމާ ގުޅިގެން އޭނާގެ އާއިލާ އިން ވަނީ ބަޔާނެއް ނެރެފައެވބޯނީ ކަޕޫރް އާއި ޖާންވީ އަދި ޚުޝީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސްރީ ދޭވީ އަަށް އިނާމް ދޭން ޖޫރީން ކަނޑައަޅައި އެކަން އިއުލާޏް ކުރުމުން އެމީހުންނަށް ބުނެދޭން ނޭހގޭހައި އުފާވެރިކަން އިހުސާސް ކުރެވުނެވެ. އަދި މިއީ އާއިލާ އަށް ވަރަށް ޚާއްޞަ ވަގުތުކޮޅެއް ކަމުގައި އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. ސްރީ ދޭވީ އަކީ ހަމައެކަނި ސުޕަރ ސްޓަރ އެއް ނޫން ކަމަށައި އޭނާ އަކީ އޯގާތެރި އަނތްބެއް އަދި މަންމަ އެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މިއަދު އޭނާ ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށް އެ ބާޔަނުގައި ބުނެފައިވެއެވެ. އާއިލާ އިން ނެރުނު ބަޔާނުގައި އެހައި ފަޚުރުވެރި އިނާމެއް ސްރީ ދޭވީ ލިބުމުން ސަރުކާރާއި ޖޫރީ މެންބަރުންނަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.

ބޯނީ ކަޕޫރް، ސްރީ ދޭވީ، ޖާންވީ އަދި ޚުޝީ

އިނާމު ލިބުމާ ގުޅިގެން އަމީތާބް އާއި އަނިލް ކަޕޫރް އާއި ފެޝަން ޑީޒައިނަރު އަދި ގާތް އެކުވެރިޔާ މަނީޝް މަލޯތްރާ ވަނީ އިންސްޓެގްރާމްގައި ސްރީ ދޭވީ އަށް ތަހުނިޔާ ކިޔާފައެވެ. އޭގެ އިތުރުންވެސް ގިނަ ތަރީންނާއި ގާތް އެކުވެރިންނާއި ސްރީ ދޭވީގެ ފޭނުން ދަނީ އާއިލާ އަށް ތަުހނިޔާ ފޮނުވަމުންނެވެ. އާއިލާ އިން ނެރުނު ބަޔާނުގައި ތަހުނިޔާ ފޮނުވަމުންދާ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.