Aafathis

ގުރާ އޭގެ ވެރިމީހާ އަލިފާނުން ސަލާމަތްކޮށްފި

ވެރިމީހާ ސަލާމަތްކޮށްދިން ގުރާ 'އެރިކް'

އޮސްޓްރޭލިޔާގެ ބްރިސްބޭންގެ ގެއެއްގައި ގެންގުޅޭ ގުރައެއް އޭގެ ވެރިމީހާ އަލިފާނުން ސަލާމަތްކޮށްދީފިއެވެ.

ދަންވަރު 2 ޖެހިއުރު އަލިފާން ނިވާމީހުން އައިއިރު ގޭގެ ވެރިމީހާ އެންޓަން ނިގޫޔެން ވަނީ އެއްވެސް އަނިޔާއެއް ނުލިބި އޭނާގެ ގުރާއާއެކު ގެއިން ނުކުމެފައެވެ.

"އަހަރެންނަށް ބާރު އަޑެއް އިވުނީ. ދެން އެރިކް (ގުރާގެ ނަން) ބާރަށް ގޮވައި އަހަރެން ހޭލެއްވީ. އޭރު އަހަރެންނަށް ދުން ވަސް ދުވީ." ނިގޫޔެން އޭބީސީ ނިއުސްއަށް ކިޔައިދިނެވެ.

"އަހަރެން އެރިކް ނަގައިގެން ދުރުހުޅުވާފައި، ގޭގެ ފުރަގަހަށް ބެލިއިރު ހުޅު ރޯވެފައިވާތަން ފެނުނީ. އެހެންވެ އަހަރެން ދަބަހަށް އެއްޗިހި އަޅައިގެން އަވަހަށް ސިޑިން ތިރިއަށް ފޭބީ." އޭނާ ބުންޏެވެ.

"އަހަރެންނަށް ކުއްލި ސިހުމެއް ލިބިފައި ހުއްޓަސް އަހަރެން ރަނގަޅު." ނިގޫޔެން ބުންޏެވެ.

Exit mobile version