Aafathis

ގޮނޑީގައި އިށީނދެގެން އިނދެ ނަމާދުކުރާއިރު ބަލަންޖެހޭ ބައެއް ކަންތައްތައް (1)

މިހާރަކަށް މިސްތަކުގައި ގޮނޑީގައި އިށީނދެގެން ނަމާދުކުރާމީހުން ފެނެއެވެ. މި ގޮތަށް ފަރްޟުނަމާދާއި ސުންނަތް ނަމާދުވެސް ކުރެއެވެ. މިކަމުގެ ޙުކުން އެގުމަކީ މުހިއްމު ކަމެއްކަމުުގައި ދެކެމެވެ.

ކުޅަދާނަވެގެންވާމީހާ ފަރްޟުނަމާދަށް ކޮޅަށްހުރުމަކީ ނަމާދުގެ ރުކްނެކެވެ. މީގެ މާނައަކީ ކުޅަދާނަވެގެންވާ މީހާ އިށީނދެގެން ކުރާ ފަރްޟުނަމާދު ޞައްޙައެއްނުވާނެއެވެ. ނަމަވެސް ކޮޅަށްހުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާއަށް އިށީނދެގެން ނަމާދުކުރުމުގެ ހުއްދަ ޝަރްޢުކުރައްވާފައިވެއެވެ. މިއީ ދީނުގައިވާ ލުއިފަސޭހަކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.އިސްލާމީ ފިޤްހީ ޤަވާޢިދުތައް ބުނާގޮތުގައި ބުރަކަމެއް ކުރިމަތިވުމަކީ އެކަމަށް ޝަރްޢުގައި ލުއިކަން ލިބިދޭނެ ކަމެކެވެ.އެހެންކަމުން ނަމާދުކުރާ މީހާއަށް ނަމާދުގެ ރުކުންތައް ނުވަތަ އެ ރުކުންތަކުން ބައެއް ޝަރްޢުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް  ގެނެސްގަތުމަށް ނުކުޅެދިއްޖެނަމަ އެ މީހާއަށް ފަސޭހަވެގެންވާ ގޮތަކަށް އެ ރުކްނެއް އަދާކުރެވިދާނެއެވެ.އިބްނު ތައިމިއްޔާ " މަޖްމޫޢުލް ފަތާވާ (438 / 8 ) ގައި ވިދާޅުވެފައިވަނީ "ނަމާދުކުރާ މީހާ ޤިޔާމުގައި ނުވަތަ އިޢުތިދާލުގައި ކޮއްޅަށް ހުރުމަށް ނުވަތަ ރުކޫޢުކުރުމަށް ނުވަތަ ސަޖިދަކުރުމަށް ނުވަތަ އައްތަޙިއްޔާތު ކިޔުމަށް އިށީނުމަށް  ނުވަތަ ޤިބްލައަށް ކުރިމަތިލުމަށް ނުކުޅެދުންތެރިވާނަމަ އޭނާއަށް ކުރަން ނުކުޅެދުންތެރިވީ ކަމެއް ކުރާކަށް ނުޖެހޭނެއެވެ.އެކަންކަން ކުރާނީ ކުޅަދާނަވީ މިންވަރަކަށެވެ. " އެހެނަސް ކޮންމެ ބުރައަކީ ނަމާދުގައި ރުކުންތައް އެޅުން ހުއްދަކުރާނެ ކަމެއް ނޫނެވެ. މިކަމުގައި ބަލަންޖެހޭ މިންގަނޑަކީ އެކަމެއް  ކުރުމުން ބަލި ބޮޑުވުން ނުވަތަ ބަލިފަސޭހަވުން ލަސްވުން ނުވަތަ އެކަމެއް ކުރުން ބޮޑު ބުރައަކަށް ވުމެވެ.

އައްޝައުކާނީ " ނައިލުލް އަވްޠާރު ( 237 /  3 ) ގައި ވިދާޅުވިއެވެ. " ޝާފިޢީންގެ އަރިހުގައި ނުކުޅެދުމުގެ މާނައަކީ އެ ކަމެއް ކުރުން ބުރަކަމަކަށް ވުމެވެ. ނުވަތަ އެކަމެއް ކުރުމުން ބަލިބޮޑުވުމެވެ.  ނުވަތަ ބަލި ފަސޭހަވުން ލަސްވުމެވެ.އެެއީ ވޭނެއް ތަޙައްމުލުކުރަން ޖެހުމެއް ނޫނެވެ."

އިބްނު ޢުޘައިމީން " އައްޝަރްޙުލް  މުމްތިޢު (461/ 4 ) ގައި ވިދާޅުވަނީ " ބުރަކަމުގެ މިންގަނޑަކީ އެކަމެއްގެ ސަބަބުން ޚުޝޫޢަތްތެރިކަން ފިލައިގެންދާ ކަންކަމެވެ. 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤިޔާމުގައި ކޮއްޅަށް ހުރެވޭވަރުގެ މީހަކު އިށީނދެގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ބާޠިލުވާނެއެވެ.މާތްﷲގެ ބަސްފުޅަކީ {حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ[1]- މާނައީ :  ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ.}

މާތް ﷲ ރުއްސުންލެއްވި ޢިމްރާން ބިން ޙުޞައިން ވިދާޅުވިއެވެ.{ سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صَلَاةِ الرَّجُلِ قَاعِدًا فَقَالَ إِنْ صَلَّى قَائِمًا فَهُوَ أَفْضَلُ وَمَنْ صَلَّى قَاعِدًا فَلَهُ نِصْفُ أَجْرِ الْقَائِمِ وَمَنْ صَلَّى نَائِمًا فَلَهُ نِصْفُ أَجْرِ الْقَاعِدِ[2] – މާނައީ : އިށީނދެގެން ނަމާދުކުރުމާ ބެހޭގޮތުން ރަސޫލުﷲގެފާނަށް ސުވާލުދެންނެވީމެވެ. އެހނިދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކޮޅަށްހުރެ ނަމާދުކުރުން އެއީ އެންމެ ރަނގަޅުގޮތެވެ. އިށީނދެގެން ނަމާދުކުރާ މީހާއަށް ލިބޭނީ ކޮޅަށްހުރެ ނަމާދުކުރާމީހާއަށްް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ. އޮށޯވެ އޮވެ ނަމާދުކުރާމީހާއަށް ލިބޭނީ އިށީނދެ އިނދެ ނަމާދުކުރާމީހާއަށް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ.}  މި ޙަދީޘްފުޅަށް ބައްލަވައި ދަންނަބޭކަލުން ވިދާޅުވާގޮތުގައި، ކޮޅަށްހުރުމަށް ނުކުޅެދޭމީހާއަށް ކުޅަދާނަވެގެންވާ ގޮތަކަށް އިށީނދެގެން ނަމާދުކުރެވިދާނެއެވެ.

ގޮނޑީގައި އިނދެ ނަމާދުކުރާ މީހާގެ ޙާލަތުތައް

 

 

 

 

ގޮނޑީގައި އިށީނދެގެން ނަމާދު ކުރާނެ ގޮތް

 

 

(ނުނިމޭ)


[1] -  ބަޤަރާ ސޫރަތް : 238

[2]  - ރިވާކުރެއްވީ އަލްބުޚާރީ

[3]  - ރިވާ ކުރެއްވީ އަލްބައިހަޤީ

[4]  - އައްތަޣާބުނު ސޫރަތް : 16

[5]  - متفق عليه

Exit mobile version