އަހަންނަކީ ކުލަ ޖައްސާ މީހަކީމެވެ.
ވަރަށް ގިނަ މީހުން އަހަރެން ގާތަށް އެކި އެއްޗެހީގައި ކުލަ ޖައްސުވަން އާދެއެވެ.
މީހަކު އައިސް ބުންޏެވެ. "އަހަރެން މިހާރު މި އުޅެނީ ރީނދޫ ޕާޓީގައެވެ. މި ގަމީހުގައި ރީނދޫ ކުލަ ޖައްސައި ދޭށެވެ."
އަހަރެން ރީނދޫ ކުލަ ޖައްސައި ދީފީމެވެ.
ދުވަސްކޮޅަކުން އައިސް ބުންޏެވެ. "މިހާރު އަހަރެން ފިޔާތޮށި ޕާޓީއަށް ބަދަލު ވެއްޖައީމެވެ. ގަމީހުގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުކޮށް ދޭށެވެ."
އަހަރެން ފިޔާތޮށި ކުލަ ޖައްސައި ދީފީމެވެ.
ދުވަސްކޮޅަކުން އައިސް ބުންޏެވެ. "މިހާރު އަހަރެން ފެހި ޕާޓީއަށް ބަދަލު ވެއްޖައީމެވެ. ގަމީހުގެ ކުލަ ފެހި ކުލައަށް ބަދަލުކޮށް ދޭށެވެ."
އަހަރެން ފެހި ކުލަ ޖައްސައި ދީފީމެވެ.
ދުވަސްކޮޅަކުން އައިސް ބުންޏެވެ. "މިހާރު އަހަރެން މުށި ޕާޓީއަށް ބަދަލު ވެއްޖައީމެވެ. ގަމީހުގެ ކުލަ މުށި ކުލައަށް ބަދަލުކޮށް ދޭށެވެ."
އަހަރެން މުށި ކުލަ ޖައްސައި ދީފީމެވެ.
އޭނާ ގަމީހަށް ކަޅި ހިންގައިލުމަށް ފަހު ބުންޏެވެ. "މި ހުރިހައި ކުލައެއް ޖެއްސި އިރުވެސް މި ގަމީހުގައި ހުރި ލައްތަކެއް ނުފިލައެއް ނޫން ހެއްޔެވެ؟"
އަހަރެން ބުނީމެވެ. "ކުލަަ ބަދަލު ކުރީމާ ބަދަަލު ވާނީ ކުލައެވެ. ލައް ފިލާނީ ލައް ފިލުވީމައެވެ."