ދިވެހިން މިހާރު އަނެއް ދިވެހި ރާއްޖެ ބޭނުމެއް ނޫން: ޝުޖާއު

ދިވެހިން މިހާރު އަނެއް ދިވެހި ރާއްޖެ ބޭނުމެއް ނޫން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މިއަދު ދިވެހިން އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުން ނުވާ ކަމަށާއި ”އަނެއް ދިވެހިރާއްޖޭ“ގެ ހުރި ގޯސް ކަންކަން އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވި ބޭފުޅަކީ ވެސް ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން  ’އަނެއް ދިވެހިރާއްޖޭ’ގައި ފަނޑިޔާރުން ވަގަށް ނަގާނެއޭ. އެ ދިވެހިރާއްޖޭގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެއޭ. އަދި އެ ދިވެހިރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެއޭ،“ އެމްޑީޕީގެ ސަރުކާރުގައި އޭރު ހިނގި ސިޔާސީ ހަމަނުޖެހުންތަކަށް އިޝާރަތް ކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީންގެ އަމިއްލަ ޕާޓީ ޕީއެންއެފްއިން މާލެ އާޓިފިޝަލް ބީޗުގައި އިއްޔެ ރޭ ބޭއްވި ”ޗަގޯސް ޖަލްސާ“ ގައި އެމަނިކުފާނު ވިދާޅުވީ މިއަދު ގައުމުގެ ހާލަތު ގޮަސްފައި އޮތް ހިސާބުގެ ގޮތުން، ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ”އަނެއް ދިވެހިރާއްޖެ“ އެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ މި ބަސްފުޅަކީ ކައުންސިލް އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.