މި ރަމަޟާން މަހު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފައެވެ.
މިގޮތުން، ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު، ހޯމް ސްކްރީނުގެ ތިރީގައިވާ 'ފީޗަރޑް ބައިން 'ފިތުރު ޒަކާތް' އިހްތިޔާރު ކޮށްގެން، ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެއެވެ.
ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފައެވެ. އަދި، ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެއެވެ.
ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ހަވީރު 6:00އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
ރަމަޟާން މަހަކީ ހެޔޮކަންތައްތައް އިތުރުކޮށް އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތީ، މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފަރތައް ތައާރަފްކޮށްފައެވެ.

