ދިރާގުން ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަން އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ތީމާއި މި އަހަރުގެ ރަމަޝާން މަހު ދިރާގުން ދޭން ބޭނުންވާ މެސެޖަށް އަލިއަޅުވާލައްވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުން ދަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. މިގޮތުން، މި ރަމަޟާން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ 'އާއިލީ ގުޅުން' މެދުވެރިކޮށް އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމަށް ކަމަށެވެ.
މީގެއިތުރުން އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން ކަމަށާއި އެހެންކަމުން، މި ގުޅުންތަކަށް އިސްކަންދީ މި ރަމަޟާން މަހުގެ ތެރޭގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
" ދިރާގަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގުޅުން. އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށާއި އާއިލާތަކަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން."
ދިރާގުން މިއަދު ލޯންޗުކުރި ހާއްސަ ޕްރޮމޯޝަންގައި ހިމެނޭ އޮފަރތަކަކީ:
- ކާށި ބިނދެގެން ޗައިނާއަށް ދިއުމުގެ ފުރުސަތު: ކޮންމެ ދުވަހަކު ދިރާގުއެޕް މެދުވެރިކޮށް ކާށި ބިނދެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާނެ. އަދި ކޮންމެ ދުވަހަކު މި ޗެލެންޖްގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޗައިނާއަށް ދެ މީހަކަށް ދެވޭ ޗުއްޓީ ދަތުރެއް ވަނީ ކަނޑައަޅައިފައި.
- ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ: ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް 1 ދުވަހަށް ހިލޭ ޑޭޓާ، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހަށް ހިލޭ ޑޭޓާ. މި ޑޭޓާ ރޭގަނޑު 09:00 އިން ދަންވަރު 01:00އާ ދެމެދު ބޭނުންކުރެވޭނެ.
- ހާރުދަމަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް: ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 01:00 އިން ފަތިހު 4:00 އަށް 1 ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް މުޅިން ހިލޭ ލިބިގެންދާނެ.
- ދިރާގު ލިމިޓެއްނެތް ފައިބަރ އަށް ހިލޭ އަޕްގްރޭޑް: އިތުރު ޗާޖަކާ ނުލައި، މިހާރު ވެސް ދައްކަމުންދާ އަގުގައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް އަޕްގްރޭޑްކުރެވޭނެ. އަދި 2 މަސް ދުވަހަށް މި އަގުގައި ބޭނުންކުރެވޭނެ.
- ސަޅި އާއިލާ މެދުވެރިކޮށް އާއިލާއާ ގުޅުން ބަދަހިކުރުން: 30ޖީބީއާ ހަމައަށް އާއިލާގެ 4 މެމްބަރުންގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ.
- ފުޑީސް ވައުޗަރ ހަދިޔާކުރުން: ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފުޑީސް ވައުޗަރު ހަދިޔާކުރެވޭނެ.
- ޑޮނޭޓް އަ މީލް: ދިރާގުޕޭއިން މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާ ކުރެވޭނެ.
- ޑޮނޭޓް ޓު އަ ފެމިލީ: ދިރާގުޕޭއިން ރަމަޟާން މަހު އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ހިމެނޭ ކެއަރ ބާސްކެޓް ހަދިޔާކުރެވޭނެ. ދިރާގުން މި ހަރަކާތް ފެށުމުގެ ގޮތުން 100 އާއިލާއަކަށް އެހިތެރިކަން ފޯރުކޮށްދޭނެ.
- ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގުޕޭ މެދުވެރިކޮށް، ދިރާގުޕޭ ނުވަތަ ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ.
ދިރާގުން ވަނީ މި އޮފަރތަކުގެ އިތުރުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ވާހަކަ ވެސް ހިއްސާކޮށްފައެވެ. މި ގޮތުން، މި އަހަރު ވެސް، އާންމުންގެ މެދުގައި މަގުބޫލު ދިރާގު ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އޮފަރތަކާއި ހާއްސަ ހަރަކާތްތަކުގެ އިތުރުން، މި ޕްރެސް ކޮންފަރެންސް ނިންމާލީ އާއިލީ ގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއްގެ އެކްސްކްލޫސިވް ޕްރިމިއާއަކުންނެވެ. ރާއްޖޭގެ މަޝްހޫރު އެކްޓަރުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ހީނަރުވެފައިވާ އާއިލީ ގުޅުމުގެ ސަބަބުން ޖީލުތަކަށް ކުރާ އަސަރުތަކާއި، އާއިލީ ގުޅުން އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަމެވެ. މި ފިލްމު އާންމުންނަށް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގައެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

