ކުނަހަންދޫގެ އާންމު ރައްޔިތުންނަށް ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓާއި ލ.ކުނަހަންދޫ ކައުންސިލް ގުޅިގެން އެ ރަށުގެ އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށްގެންގޮސްފިއެވެ.
އޮކްޓޫބަރު 30ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ކުލާސްތަކުގައި އެ ރަށުގެ 21 ފަރާތަކުން ބައިވެރިވިއެވެ. މި ކުލާސްތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ހިމެނެއެވެ. އަދި، ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ބައިވެރިންނަށް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދިނުމުގެ އިތުރުން، ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވަނީ ފަރިތަކުރުވާފައެވެ.
މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުގެ ފަޔަރފައިޓަރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.