ބަނގުރަލުގެ މައްސަލަތަކުގައި 7 ބިދޭސީން ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލަތަކުގައި 7 ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ. އެގޮތުން ބިބަސް ރާއި (24އ) އާއި، ޑެބި ތަމަންގް (39އ) އާއި، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) މީހުންނަކީ ވެސް ނޭޕާލް މީހުން ކަމަށެވެ. އަދި މި ހަތަރު މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނިފައިވާކަމަށް ބުނެއެވެ.

މީގެއިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ރަސެލް ޚާން (37އ) އާއި، އެމް.ޑީ ސޮހެލް ހަވްލަދަރ (32އ) އަދި ނުރުލް އިސްލާމް (40އ) ހައްޔަރުކުރިއިރު، މިއީ ބަންގްލަދޭޝް މީހުންކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 29 ފުޅިއާއި، ފަސް ލީޓަރުގެ ފުޅިއަކާއި، ތިން ޓައްޕު ފެނިފައިވެއެވެ.

މި ހަތް މީހުންވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.