ދިރާގު ރީލޯޑް އެންޑް ވިން ޕްރޮމޯޝަނުން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ހާއްސަ އިނާމުތަކެއް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ރީލޯޑް ކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ.

މި ހާއްސަ އިނާމުތަކަކީ:

  • ކޮންމެ ދުވަހަކު 100ޖީބީ ޑޭޓާ
  • އައިފޯން 17 ޕްރޯ
  • ރޭބަން މެޓަ ސްމާޓް ގްލާސެސް
  • ޕީ.އެސް 5 ޕްރޯ ސީޑީ ވަރޝަން
  • ނިންޓެންޑޯ ސްވިޗް

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު 11 ނޮވެމްބަރު 2025ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ. ދިރާގު އެޕް، ދިރާގު ޕޭ، މައިއެކައުންޓް، އަދި ދިރާގު ޕާޓްނަރ ޝޮޕްތައް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ 20 ރުފިޔާއިން މަތިން ރީލޯޑްކޮށްގެން ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށްވެސް ގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރިޕެއިޑް ޕްލޭންތައް ލިބެންހުރެއެވެ. ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފަރތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.