
'މަޢުރިފާ'ގެ ނަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ ފޮތް މަޢުރަޒު ފަށައިފިއެވެ.
މި މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
'ފޮތްތެރިކަން - ބުއްދީގެ ކާނާ' މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މި މައުރަޒުން ޖާގަ ދީފައިވަނީ އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި އެންމެން ކުރިން ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުންނެވެ. މި މައުރަޒުގައި ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.