"ޒުވާނުންގެ ހޮޅުއަށި" ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ "ޒުވާނުންގެ ހޮޅުއަށި" ޕްރޮގްރާމް ރޭ ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ރޭ 20:30 އިން 22:00އަށް ސޯޝަލް ސެންޓަރުގައެވެ.

ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވަނީ "ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން" މި މައުލޫއަށް މަޝްވަރާކޮށްފައެވެ.

"ޒުވާނުންގެ ހޮޅުއަށި" އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.

މިއަހަރުގެ ތެރޭގައި ވެސް މި މިނިސްޓްރީން ވަނީ "ޒުވާނުންގެ ހޮޅުއަށި"ގެ ގިނަ ޕްރްގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.