
ވިނަރެސް ފްލެޓެއްގައި ޚަބަރުހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރުން އަންހެނެއްގެ ހަޅޭކުގެ އަޑަށް ފުލުހުން ދިޔައިރު އަންހެނަކު ހޭނެތިފަ އޮތް ކަމަށެވެ. އަދި މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:05 ހާއިރު އަންހެނަކު ހަޅޭލަވާ ކަމަށް ފުލުހުންނަށް ލިބުނު ކޯލަކާއި އެކު ގޮސް ބެލިއިރު ހޭނެތިފަ އޮތް އަންހެނަކު ފެނިފައިވާ ކަމަށާއި އަދި މިހާރު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އޭނާގެ އާއިލާއިންނެވެ.
އެ ވަގުތު އެ އަންހެން މީހާގެ ކޮޓަރީގައި އިތުރު މީހަކު ނެތްކަމަށާއި ނަމަވެސް އެޕާޓްމަންޓްގައި އާއިލާ މީހުން ތިބިކަމަށް ފުލުހުން ބުނެއެވެ. ހޭނެތިފައި އޮއްވާ ފެނިފައިވަނީ އުމުރުުން 21 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.