ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ފަޚުރުވެރި އައްޑަނަ: މިނިސްޓަރ

ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ފަޚުރުވެރި އައްޑަނަ ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

އެކްސްގައި މިނިސްޓަރ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޤައުމުގެ ކޮންމެ މުއައްސަސާއެއް ފެއިލްވެ އަދި ކޮންމެ ނިޒާމެއް ފެއިލްވި ނަމަވެސް އެ ނިޒާމެއް ނެގެހެއްޓުމުގެ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ހުންނާނެ ކަމަށެވެ.

މިނިސްޓަރ އެކްސްގައި ކުރެއްވި މި ޕޯސްޓްގައި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށާއި، ދިފާޢީ ވަޒީރަށާއި، ޗީފް އޮފް ޑިފެންސް ފޯހާއި އަދި އެންމެހައި ސިފައިންނަށާއި، ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް އަރިސްކުރައްވާފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.