
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އދ. ދިގުރަށު ކައުންސިލާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި މި ވުޒާރާގެ ސީނިއަރ ޓީމެއްވެސް ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ދިގުރަށުގެ ދަނޑުވެރިކަމާއި ގުޅުހުންހުރި ކަންކަމާއި ވަނީ ޙިޔާލު ބަދަލު ކުރެވި މަޝްވަރާތައް ކުރެވިފައެވެ. އެގޮތުން ދިގުރަށުގެ ދަނޑުވެރިންނަށް ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމުގައި މި ވުޒާރާއާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުލޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މީގެ އިތުރުން އަރިޔަދޫގައި މި ވުޒާރާއިން ފެށުމަސް ތައްޔާރުވަމުންއަންނަ ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމައި ގުޅޭގޮތުން ދިގުރަށު ކައުންސިލްގެ ހިޔާލުވެސް ވަޒިރު ވަނީ އައްސަވާފައެވެ.
ވަޒީރު ދިގުރަށަށް މި ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ދަނޑުވެރިކަންކުރާ ދަނަޑުތަކަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.