ޓިކްޓޮކްގެ އިސް ވަފުދަކާއެކު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީން ބައްދަލުކޮށްފި

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއި އެމްއެމްޕީއާރްސީގެ ބައެއް ވެރިން، ޓިކްޓޮކްގެ އިސް ވަފުދަކާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޤާނޫނީ ގޮތުން ކުރެވިދާނެ ކަންކަމާއި އެހެނިހެން މުހިންމު ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި، ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަދެކެވުނެވެ. އަދި ޓިކްޓޮކް ޕްލެޓްފޯމްގެ މައިގަނޑު ސިފަތަކާއި ބޭނުންކުރާ ގޮތްތަކާ ބެހޭ ގޮތުން ޓިކްޓޮކްގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި ކުރިއެރުން ހޯދުމަށާއި، އާ ގޮތްތައް ތަޢާރަފުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ހޯދުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިފަދަ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި، ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.