
ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕްގެ ދެވަނަ ދުވަހުގެ ސެޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
މިގޮތުން މިއަދުގެ އެޖެންޑާގައި ގްރޫޕް މަޝްވަރާތަކުގެ އިތުރުން ޕްލެނަރީ ޑިސްކަޝަންތައް ވަނީ ބާއްވާފައެވެ. އެއާއެކު، އެކި ދާއިރާތަކުގެ ބޭފުޅުންގެ ޙިޔާލުތައް ފާޅުކޮށްފައިވެއެވެ. ވަކީން ޚާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ ޖަމުޢިއްޔާތަކުން ވަނީ މި މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކޮށް، އަގުހުރި ޙިޔާލުތައް ހުށަހަޅުއްވާފައެވެ.
އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ކުރިއަށް ގެންދެވޭ މި ވޯކްޝޮޕްގެ ބައިވެރިން ފާހަގަކުރިގޮތުގައި، މިއީ އެކި މުއައްސަސާތަކާއި ކަމާގުޅުންހުރި ފަރާތްތައް ޝާމިލުވެގެން، ވަށާޖެހޭ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެކެވެ.