މިދިޔައަހަރު ނިމުނުއިރު ކައުންސިލްގެ 48 ޖަލްސާ ބޭއްވި: މޭޔަރ ޢާޒިމް

މިދިޔަ 2024 ވަނަ އަހަރު ނިމުނުއިރު މާލެ ސިޓީ ކައުންސިލްގެ 48 ޖަލްސާ ބޭއްވިފައިވާ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތް ޕާކުގައި އޮތް މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުޖމުގައި ވާހަކަ ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ހުރިހާ ކައުންސިލަރުންނާއެކު ބޭއްވިފައިވާ މި ޖަލްސާތަކުގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް މުހިއްމު ކަންތައްތަށް ރޭވި އަދި ކުރެވި ކާމިޔާބު ހޯދިފައިވާ ކަމަޑށެވެ.

އޭނގެ ތެރެއިން ބައެއް މުހިންމު ކަންތައް ތަކުގެ ތެރޭގައި ، ހުޅުމާލެ ސަހަރާއާއި، މިސްކިތުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމާއި، މާލޭގައި ކުށްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކާބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމާއި، މާލެ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށް، ޓެކްނިކަލް މުއައްޒަފުންގެ ގޮތުގައި ކޮންސަލްޓެންޓް ނެގުމާއި، މާލެ ސިޓީގެ މިސްކިތްތައް އޭސީ ކޮށްދިނުމަށް، އަމިއްލަ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކާ މެދު ގޮތެއް ނިންމުން ހިމެނެއެވެ.

މީގެ އިތުރުން ވިލިމާލޭގައި ދެމުންދިޔަ، ބަގީގެ ޚިދުމަތް، ކައުންސިލުން ދިނުމާއި، ކައުންސިލްގައި ބޭނުންކުރަމުންދާ ސޮފްޓްވެއަރ އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމާއި، މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން ފާސްވެފައިވާތީ، އެ ޕްލޭނާ އެއްގޮތަށް، ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުމާއި، ލޯކަލް މާކެޓް، މިހާރު ހިނގަމުންދާ ޢިމާރާތުގެ ބަދަލުގައި، އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

މޭޔަރު ވިދާޅުވީ މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގައި، މާލެ ސިޓީ ކައުންސިލުން ބައިވެރިވުމާއި، މާލެ ސިޓީ ކައުންސިލްގެ، ސްޓްރެޓެޖިކް އެކްޝަން ޕްލޭން ރިވިއުކުރުމާއި، ވިލިމާލެ ބަނދަރު ސަރަހައްދުގައި، ފިއުލް ޝެޑެއް އެޅުމަށް ޓަކައި، ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ބިމެއްދިނުމާއި، ދަރުބާރުގެ ކައިރީގައިވާ ހުސް ބިމުގައި، ކަސްރަތުކުރާނެ ތަނެއް ހެދުން ވެސް ހިމެނޭ ކަމަށެވެ. އަދި ކާނިވާ ސަރަހައްދުގެ ސްޓޭޖް މަރާމާތުކުރުމާއި، ''އިންޓަރނޭޝަނަލް ޓުއަރިޒަމް އެލައަންސް އޮފް ސިލްކް ރޯޑް ސިޓީޒް" ގައި ބައިވެރިވުމާއި، އަރަބިއްޔާގެ އައު ޢިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައިދިނުމާއި، ޖަމާލުއްދީން ސްކޫލް ބޮޑުކުރުމަށް، ބައު ޖަމާލުއްދީނުން ބައެއް ހަމަޖެއްސައިދިނުމާއި، މާލެ ސިޓީ ކައުންސިލްގެ ނަމުގައި ކޯޕަރޭޓް ބޭންކް ކާޑެއް ހެދުން ހިމެނޭ ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.