
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމުގެ ދަށުން ގދ. ގައްދޫގައި ދަންފަޅިއެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އިސްލާމް ދީނުގެ ސައްޙަ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
ގދ. ގައްދޫ ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުންނާއި މުއައްސަސާތަކުގެ ފަރާތްތަކަށް ކުރިއަށް ގެންދިޔަ މި ދަންފަޅި ނަންގަވައިދެއްވީ އައްޝައިޚް މަންސޫރު އާދަމް އަދި އައްޝައިޚް އަލީ ޒައިދުއެވެ.
މި ދަންފަޅީގައި އަލިއަޅުވާލާފައިވަނީ "ޝަހާދަތުގެ ދެކަލިމަ" މި މަޢުޟޫ އަށެވެ.