ލަންކާގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް ޢައްޔަންކުރެއްވި ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ބޮޑުވަޒީރު ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާގެ ޒަޢާމަތުގައި ސްރީލަންކާއަށް އިތުރު ކުރިއެރުންތަކަށް އަލިވިލޭނެކަމަށް އުންމީދުކުރައްވާކަން ހާމަކުރެއްވިއެވެ.

ސްރީލަންކާގެ އާ ބޮޑުވަޒީރުކަމުގެ ހުވާ، ޑޮކްޓަރ އަމަރަސޫރިޔާ އަންގާރަ ދުވަހު ކުރެއްވުމާއެކު އެ ކަމަނާ ވެގެން ގޮސްފައިވަނީ 2000 ވަނަ އަހަރާއި ހަމައަށް ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވި ސިރިމާވޯ ބަންޑާރަނައިކައަށްފަހު އެ މަޤާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.