އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް ޕްރޮޖެކްޓް އިފުތިތާހު ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާހު ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޕްރޮޖެކްޓް އިފުތިތާޙްކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައެވެ.

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" އަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ)ގެ ހިލޭއެހީގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ.

މީގެ ތެރެއިން ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފު ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 5 މިލިޔަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ. ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 1.5 މިލިޔަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ. ތިން ވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވަރލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮޖެކްޓުގެ ވެބްސައިޓާއި އަދި ޕޮރޮގްރާމު ޑޮކިއުމަންޓް އިފުތިތާހް ކޮށްދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.