ބީއެމްއެލް ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅިވަރުގެ މޮޅު ހުނަރު ފެނިގެން ދިޔަ ބީއެމްއެލް ގައުމީ ޓެނިސް ޗެންޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖުމްލަ 144 ބައިވެރިންނާއެކު ކުރިޔަށްދިޔަ މި މުބާރާތުގައި ކުޅުންތެރިންވަނީ ކޯޓުގައި ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދައްކާފައެވެ.

މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ ކުޅުންތެރިންވެސް ވާދަވެރި ރޫހުގައި ތަފާތު މެޗުތަކެއް ކުޅެފައިވެއެވެ.

ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް އިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އާ ވަނީ އެއްބަސްވެފައެވެ.

މި މިބާރާތުގެ ނުންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާ ވަނަވަނަ ހާސިލްކުރި ކުޅުންތެރިންނަށް މި ހޮނިހިރު ދުވަހުގެ ރޭ ވަނީ މެޑަލް ހަވާލުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.