ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ ބިދޭސީން ހޯދަން އިއުލާންކޮށްފިއެވެ.
މިއީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ދެ މީހުންނެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ޝޮހެދުއްލާ (34އ) އާއި ކޮކޮން މިއާ (34އ) ހޯދުމަށެވެ.
މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުންނެވެ.
ފުލުހުން ވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 11 ވަނަ ދުވަހުގެ 20:00 އަށް ހާޒިރުވުމަށް އަންގާ އިއުލާންކޮށްފައެވެ.