ކުލައްޖަސާ ފިހާރަ
އަންނައުނުގައި ކުލަޖައްސައި، ކުލަ ބަދަލުކޮށްދޭ ފިހާރައަކަށް މީހަކު ގަމީހެއް ހިފައިގެން ގޮސް ބުންޏެވެ. "މީގައި ކުލަ ޖައްސައިދޭށެވެ."
ފިހާރަވެރިޔާ އަހައިފިއެވެ. "ޖައްސަންވީ ކޮން ކުލައެއް ހެއްޔެވެ؟"
ގަމީހުގެ ވެރިޔާ ބުންޏެވެ. "ހުދުކުލައާއި ނޫކުލައާއި ފެހިކުލައާއި ރަތްކުލައާއި ރީނދޫކުލައާއި މުށިކުލައާއި ދަނބުކުލަޔާ ނޫން ކޮންމެ ކުލައެއް ޖެއްސިޔަސް އެންމެ ރަނގަޅެވެ. އަހަރެން ގަމީސް ބަލައި އަންނާނީ ކޮން ދުވަހަކު ހެއްޔެވެ؟"
ފިހާރަވެރިޔާ ބުންޏެވެ. "ހޮނިހިރުދުވަހާއި އާދީއްތަދުވަހާއި ހޯމަދުވަހާއި އަންގާރަދުވަހާއި ބުދަދުވަހާއި ބުރާސްފަތިދުވަހާއި ހުކުރުދުވަހާ ނޫން ކޮންމެ ދުވަހަކު ބަލައި އަޔަސް އެންމެ ރަނގަޅެވެ."
ފޭސްބުކް އެކައުންޓް
ދަރިފުޅު: ބައްޕާއެވެ. ވާހަކައެއް ނަންގަންނަންތޯއެވެ؟
ބައްޕަ: އާނއެކެވެ.
ދަރިފުޅު: ފޭސްބުކްގައި އަޅުގަނޑުގެ ފަނަރަ އެކައުންޓް އޮވެއެވެ.
ބައްޕަ: ތިޔަ ވާހަކަ ދަރިފުޅު ބައްޕަ ގާތު ތިޔަ ބުނަނީ ކީއްކުރަން ހެއްޔެވެ؟
ދަރިފުޅު: މި ދިޔަ ދިހަ ދުވަހު ބައްޕަ ކޮފީއަކަށް ހިނގާށޭ ކިޔައިގެން ވާހަކަދައްކާ މީހަކީ އަޅުގަނޑެވެ.
ބަހާއި އަންހެންކުދިން
އަންހެންކުދިންނާއި ފިރިހެންކުދިން އެއްބަޔަކު އަނެއް ބަޔަކުގެ މޮޅުކަމުގެ ވާހަކަދައްކަނީއެވެ.
ފިރިހެންކުއްޖަކު ބުންޏެވެ. "އަންހެންކުދިންނަކީ އެހައި މުހިއްމު ބައެއް ކަމުގައި ބަލާނެ ކަމެއް ނެތެވެ. އެއީ މި ދުއްވާ ބަސް ކަހަލަ ބައެކެވެ. އެއް ބަސް ދިޔައީމާ އަނެއް ބަސް އަންނާނެއެވެ. ބަހަށް ނޭރިދާނެތީ ކަންބޮޑުވާނެ ކަމެއް ނެތެވެ."
އަންހެންކުއްޖަކު ބުންޏެވެ. "ފިރިހެންކުދިންނަކީ ކުލީކާރު ކަހަލަ ބައެކެވެ. އެއް ކާރު ހުއްޓުވަން އަތް ނެގުމާއެކީ ދެތިން ކާރު އައިސް މަޑުކުރާނެއެވެ."