ރޯދަމަޖާ: ބަސް ދަތުރު

ހަނގުރާމަ

ރޯދަމަހުގެ ޚާއްސަ ސުވާލު ޝޯއެއްގައި ކުއްޖަކާ ކުރެވުނު ސުވާލެކެވެ. "ޙަމްޒާ ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގަތީ ކޮން ހަނގުރާމައެއްގައި ހެއްޔެވެ؟"

އެ ކުއްޖާ ޖަވާބު ދިނެވެ. "އެކަލޭގެފާނު އެންމެ ފަހުން ކުރެއްވި ހަނގުރާމައިގައެވެ."

ބަސް ދަތުރު

ބަހުގައި ދަތުރުކުރި ދެ މީހަކު ޒުވާބު ކުރަން ފަށައިފިއެވެ. އެކަކު ބޭނުންވީ ކުޑަދޮރު ހުޅުވާފައި ބަހައްޓާށެވެ. އަނެކަކު ބޭނުންވީ ކުޑަދޮރު ލައްޕާފައި ބަހައްޓާށެވެ. ޒުވާބު ހޫނުވެގެން ގޮސް ގަޔަށް އަތްލާ ހިސާބަށް ހިނގައްޖެއެވެ. ދެ މީހުން އެ ބޭނުންވާ ގޮތް ބޭނުންވާ ސަބަބަކީ ކޮބައިތޯ ކޮންޑަކްޓަރު ސުވާލު ކުރުމުން އެކަކު ބުންޏެވެ.

"ދޮރު ލެއްޕީމާ ފިނިވެގެން ގޮސް އަހަރެން މަރުވެދާނެއެވެ."

އަނެކަކު ބުނެފިއެވެ.

"ދޮރު ހުޅުވީމާ ހޫނު ވެގެން ގޮސް އަހަރެން މަރުވެދާނެއެވެ."

ބަހުގައި އިން އެހެން މީހަކު ބޮލަށް އުނދަގޫވެގެން ބުނެފިއެވެ.

"ދޮރު ހުޅުވާލާށެވެ. އޭރުން އެކަކު މަރުވެދާނެއެވެ. ދެން ދޮރު ލައްޕައިލާށެވެ. އޭރުން ދެވަނަ މީހާ މަރުވެދާނެއެވެ. އޭރުން އަހަރެމެންނަށް އަރާމުގައި ދަތުރުކުރެވިދާނެެެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.