ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ.

ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ގެ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވޭނެއެވެ.

އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ އެވެ.

"ލަންދޫ ކައުންސިލުން އަޅުގަނޑުމެން އަބަދުވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް. މީގެ އިތުރުން ކައުންސިލް އިން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީ ގެ އިތުރުން އަދިވެސް އެހެނިހެން ފީތައް އެމް-ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމީ ކައުންސިލަށް ވެސް ލިބިގެންދިޔަ ވަރަށް ބޮދު ލުޔެއް. ފައިސާ ގެ މުއާމަލާތްތައް އިތުރަށް ފަސޭހަ ކުރުމުގެ އިތުރުން ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތެއް ވެސް ޕްރޮމޯޓްވެގެން ދާކަމެއް." ލަންދޫ ކައުންސިލްގެ ރައީސް، ޢަބްދުލްޢަޒީޒު މުޙައްމަދު.

"އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އަޅުގަނދުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތާ މި ޕާޓްނަރޝިޕް ވަރަށް ބޮޑަށް ގުޅެއެވެ. މި ޕާޓްނާޝިޕާއެކު އަޅުގަނޑުމެންގެ އަމާޒަކީ ރައްކާތެރިކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއި، މި ސަރަޙައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް އަލް ހަމާދީ.

މި ޕާޓްނަރޝިޕް އާއި އެކު ޑިޖިޓަލް ލުއިފަސޭހަކަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމއްޔަތުކަމުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ލަންދޫ ކައުންސިލްގެ ވިސްނުން ވެސް ރަމްޒުކޮށްދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.