ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީ ގައި މިރޭ ކުޅުނު މެޗުގައި ސައޫދީ އަރަބިއާ ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޕޯލަންޑުން ބޮޑުކޮށްފިއެވެ.
ޕޯލަންޑުން ސައުދީ އަރަބިއާ ބަލިކުރީ 0-2 ގެ ނަތީޖާއިންނެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ދަށަށް ގެނެސް ރަނގަޅަށް ކުޅެފައިވަނީ ސައޫދީ އަރަބިއާ އިންނެވެ. އެގޮތުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވެސް ވަނީ ފޮނުވާލާފައެވެ. ސައޫދީން ރަނގަޅަށް ކުޅެކުޅެ ތިއްބާ އުފެއްދި ކައުންޓައެތޭކެއްގައި ޕޮލަންޑުން ލަނޑު ޖަހާ މެޗުގެ 40 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ލެވަންޑޯސްކީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ ޒިއެލިންސްކީއެވެ.
ޕޮލަންޑުގެ ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސައޫދީ އަރަބިއާއިންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައޫދީއަށް ނަތީޖާ ހަމަހަމަކޮށްލަން ރަނުގެ ފުރުސަތެއް ވަނީ ލިބިފަވެ. އަލް-ޝެހްރީއަށް ބިއަލެކް ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ދައޫދީއަށް ޕެނަލްޓީއެއް ދިންއިރު، އަލް ދައުސަރީ ފޮނުވާލި ޕެނަލްޓީ ޕޮލެންޑްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. ދެ ވަނަ ފަހަރަށް އަލް-ބްރެއިކް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ވެސް ޕޮލެންޑްގެ ގޯލްކީޕަރު ވަނީ އެބޯޅަ މަތަކޮށްފައެވެ.
ދެ ވަނަ ހާފުގައި ވެސް ސައޫދީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތައް ގޯލާ އަމާޒު ނުވިއެވެ. އަދި ގޯލާ އަމާޒުވި ހަމަލާތައް ޕޮލެންޑްގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން މި ހާފުގައި ޕޮލެންޑުން ކައުންޓަރ އެޓޭކްގައި ދެ ހަމަލާއެއް އުފެއްދިއިރު، މި ދެ ހަމަލާވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޕޮލަންޑުން މެޗުގެ ދެވަނަ ލަނޑު ޖަހަ ލީޑު ފުޅާކުރީ 82 ވަނަ މިނެޓުގައި ސައޫދީގެ ޑިފެންޑަރު މާލްކީއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ލެވަންޑޯސްކީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި މޮޅާއެކު އެ ޓީމަށް ވަނީ ދެ މެޗުން 4 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ގްރޫޕްގެ 1 ވަނައިގައި މި ވަގުތު އޮތީ ޕޮލެންޑެވެ.