މިއަދު ކުރިއަށްދިޔަ މ. ދިއްގަރާއި ތ. ގާދިއްފުށި ބައި އިލެކްޝަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
އެ ޕާޓީން މި ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމް އާ ވާދަކޮށެވެ.
ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން 375 ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله އާރިފް ކާމިޔާބު ކުރެއްވިއިރު، ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 325 ވޯޓެވެ.
ގާދިއްފުށީ ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަހްމަދު ކާމިޔާބު ކުތީ 210 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބުނީ 201 ވޯޓެވެ.
ދިއްގަރު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ހޮވިވަޑައިގަތް އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނާ އެމްޑީޕީ މެންބަރު މަރްޔަމް ހަސަން އިސްތިއުފާ ދެއްވުމުންނެވެ.
މާތްކަލާކޯއަޅުގަޑުހިތަޢްއަރަނީމިދިވެހިރާޘްޖޭގަމިއޮތްއިސްލާމްދީނާސިޔާސަތުނަގާލައް..މިސަރުކާރުއްހިތްވަރުދެމުއްގެއްދަވާއިއަޅުގަންޑުމެއްރަތްޔިތުއްއެޢްސްބަހެއްނުބުނެތިބެނީކީންވެގެއްބާއޭހިތައަރައޭނިކައްވިސްނާފިކުރުކޮއްބަލަ(އިސްލާމްދީނުގަހަރާންވެގެއްވާހުރިހާކަމެއް(މިސަރުކާރައްނިސްބަޢްވާމީހުއްކުރަމުގެއްދާހިދުގަވެސްމިސަރުކާރުއްއެފަދަފާސިދުއަމަލުކުރާމީހުޢްއެތިބީދޫކޮއްލާފައެހެއްތާވާނީ.ރައިސްނަސީދުބުނީމަޥާނީދޫކޮއްލައް(އެއި.ރައިސްނަސީދުއަކީލާދީނީސަޕޯޓަރެއް