"ޔޫއެފާ ވިމެންސް ޔޫރޯ" 2022 ވަނީ މިދިޔަ ހަފްތާގައި ފަށައިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އައި އެއް އަހަރު ދުވަހުގެ ޑިލޭއަކަށް ފަހު، "ޔޫއެފާ ވިމެންސް ޔޫރޯ" 2022 މިހާރު ދަނީ އިނގެރޭސި ވިލާތުގައި ކުރިއަށްދަމުންނެވެ. މި މުބާރަތް ކުރިއަށްދާނީ 7-31 ޖުލައި 2022 ގެ ނިޔަލަށެވެ. މި މުބާރަތުގެ މެޗުތައް ދިރާގުޓީވީގެ 'ސޮނީ ޓެން 2 އެޗްޑީ' ޗެނަލް (ޗެނަލް ނަމްބަރު 104) އިންނާއި ދިރާގުޕްލޭ މޯބައިލް އެޕްއިން ވަގުތުން ބަލާލެވޭނެއެވެ. މެޗް ޝެޑިއުލްތައް ދިރާގުޓީވީގެ ޓްވިޓާރ އަދި ފޭސްބުކް އެކައުންޓްތަކުގައި ޕޯސްޓް ކުރެވިގެންދާއެވެ.
ދިރާގުޓީވީ ކަސްޓަމަރުންނަށް ސެޕްޓެމްބަރު 2022 ގެ ނިޔަލަށް ބޭސިކް ޕެކޭޖް 350 ރުފިޔާއަށް ސަބްސްކްރައިބް ކޮށްލައްވައިގެން "ޔޫއެފާ ވިމެންސް ޔޫރޯ" 2022 ގެ މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ޗެނަލްތަކާއި އެޗްޑީ ކޮލިޓީގައި ވީޑިއޯ އޮން ޑިމާންޑް ބަލާލެވޭނެއެވެ. އަދި އެންމެ 65 ރުފިޔާ (ޖީ.އެސް.ޓީ ނުހިމެނޭގޮތަށް) ދިރާގުޕްލޭ އަށް ސަބްސްކްރައިބް ކުރައްވައިގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ހުރިހާ މެޗުތަކެއް ބަލާލެވޭނެއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ވައިފައި މެދުވެރިކޮށް ސްޓްރީމް ކުރާއިރު މި ޚިދުމަތް އިތުރު ޚަރަދަކާއިނުލާ ބޭނުންކުރެވޭނެއެވެ.
މީގެ އިތުރުން, އަލަށް ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން، ހިލޭ ޖޯއިބޮކްސް އަދި ހިލޭ ވަޔަރލެސް ކީބޯޑް (ފުރަތަމަ 300 ކަސްޓަމަރުންނަށް) ލިބިގެންދާ ލިމިޓަޑް އޮފާރ ޕްރޮމޯޝަންއެއް ދިރާގުން ވަނީ ތަޢާރަފްކޮށްފައެވެ. 31 ޖުލައި 2022 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މަޢުލޫމާތު މި ލިންކްއިން ލިބޭނެ https://bit.ly/3uNnUEn
ދިރާގުޓީވީއިން އެކި އުމުރުތަކާއި އޯޑިއަންސްތަކަށް ގުޅޭ ތަފާތު ގިނަ ޗެނަލްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި އެކި ޑިޒްނީގެ ޗެނަލްތަކާއި، ސޮނީ ސްޕޯރޓްސްގެ އެކި ޗެނަލްތަކުގެ އިތުރުން ޑީސްކަވަރީއާއި ސްޓާ ޗެނަލްތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ އެކި ޗެނަލްތަކާއި އިސްލާމީ ޗެންލްތައްވެސް ދިރާގުޓީވީއިން ލިބެއެވެ.
ދިރާގުގެ ޑިޖިޓަލް އައިޕީޓީވީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެެ ދަށުން، މުޅި ރާއްޖޭގެ 84 ޕަސަންޓު ގޭބިސީއަށް މިހާރު ދިރާގުޓީވީގެ ޚިދުމަތް ލިބޭނެއެވެ.
ދިރާގުޓީވީއިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުޅާކޮށް ފުރިހަމަކޮށްދީ އިތުރު ކޮލިޓީ ކޮންޓެންޓާއި އައު އޮފާރތައް ގެނެސްދިނުމަށެވެ.