އޮފިސަރސް ރޭންޖު ޑޭގެ ހަރަކާތްތައް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދިޔަ "އޮފިސަރސް ރޭންޖު ޑޭ 2022" ގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ޖުލައި 1 ވަނަ ދުވަހުގެ 14:30 ގައި ފެށި ރޭންޖު ޑޭގައި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ހޯދުނު ޒަމާނީ އެކިއެކި ވެޕަން ސިސްޓަމްތަކުގެ ޑިސްޕްލޭއެއް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައްލަވާލައްވާފައެވެ.

އެ ޑިސްޕްލޭގައި، ޚާއްޞަ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް އެމްެއެންޑީއެފަށް އަލަށް ހޯދުނު ހަތިޔާރާއި، ޕާސަނަަލް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރާއި، އަދި ސަޕޯޓް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުތައް ދައްކާލާފައިވެއެވެ.

 އޭގެއިތުރުން މިއަދު ބޭއްވި ވެޕަން ޑޭގައި، އެ ހަތިޔާރުތަކުގެ ޓެސްޓް ޝޫޓިންގތައް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގެ ފަޔަރިންގ ރޭންޖުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޮފިސަރސް ރޭންޖު ޑޭ ގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޮފިސަރސް ރޭންޖު ޑޭގެ ހަރަކާތްތަކުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.