
ރާއްޖެއިން އިތުރު 241 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 90 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 143 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހަކައި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 71،138އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 7،747 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 67 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.
މިރޭ އަލަށް މިބަލިން ރަނގަޅުވީ 647 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 63,180 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިހާރުވަނީ 200އަށް އަރާފައެވެ.