ސިއްހީ ކާނާ 2: އާފަލު

އާފަލަކީ ބަލިތަކުން ދުރުކޮށްދޭ މޭވާއެއްކަމާ މެދު ޝައްކެއް ނެތެވެ. ޕޮޓޭސިއަމްގެ އިތުރުން އެހެން މިނަރެލާއި ވިޓަމިން އާފަލުގައި ނުއެކުލެވުނު ނަމަވެސް ފްލެވޮނޮއިޑް ކުއާރސެޓިން ފަދަ ގަސްގަހުގައި ހުންނަ ކެމިކަލް ގިނަ މިންވަރަކަށް އާފަލުގައި ހުރެއެވެ. ހަށިގަނޑު ދުޅަވުމާއި ފާރުވުުން ހުއްޓުވުމަށާއި ކެންސަރުން ދިފާއުކުރުމަށް މި ކެމިކަލް އެހީތެރިވެދެއެވެ. އަދި ކޮލެސްޓެރޯލާއި ގޮހޮރުގެ ކެންސަރުން ދިފާއުކޮށްދޭ މާއްދާއެއް ކަމުގައިވާ ޕެކްޓިން ވެސް ހުރެއެވެ. އާއްމުކޮށް އާފަލު ކައިއުޅޭ މީހުންގެ ބަނޑުގައި ސަރުބީ ހަރުލާފައި ނުހުންނަކަމަށް ގިނަ ހޯދުންތަކުން ދައްކައެވެ. އަދި އެހެން މީހުންނާ އަޅާބަލާއިރު ލޭގެ ޕްރެޝަރު ދަށް ކަމަށްވެސް ދައްކައެވެ. އާފަލުން ކުޑަކުދިން ނޭވާ ހިއްލުމުންވެސް ރައްކާތެރިކޮށްދެއެވެ. އާފަލުގައި ފެޓްގެ ބާވަތެއް ނުހުރެއެވެ.

އާފަލުގައި ގިނަ މިންވަރަކަށް ފްލެވޮނޮއިޑްސް ހުންނައިރު މިއީ ހިތާއި ފުއްޕާމޭގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު މާއްދައެކެވެ. އާފަލުގައި ހުންނަ ކެލަރީގެ މިންވަރު ދަށެވެ. އޭގެ ސަަބަބުން ބަނޑުހައިވުން ދުރުކޮށްދެއެވެ. އެހެންކަމުން މިއީ ޑައެޓުކުރާ މީހުންނަށް ވަރަށް ރަނގަޅު މޭވާއެކެވެ. ޕެކްޓިިންގައި ގިނަ މިންވަރަކަށް ފައިބަރ ހުރެއެވެ. މީގެ ސަބަބުން ލޭގެ ލިޕިޑް ޕްރޮފައިލް ރަނގަޅުވެ، ކޮލެސްޓެރޯލް ދަށްކޮށްދެއެވެ. އާފަލަކީ ޕޮޓޭސިއަމް ވެސް ލިއްބައިދޭ އެއްޗެކެވެ.

ޓިޕް: ހޫނު، އަލި ތަންތަނުގައި އާފަލު ބެހެއްޓުން ރަނގަޅެއް ނޫނެވެ. އެގޮތަށް ބަހައްޓައިފިނަމަ އޭގެ ހުންނަ ވިޓަމިން ސީ ވަރަށް އަވަހަށް މަދުާން ފަށައެވެ. ކޮތަޅަކަށް ލާފައި އައިސް އަލަމާރީގައި ބެހެއްޓިދާނެއެވެ. ނުވަތަ ފިނި ތަނެއްގައި ނުވަތަ އަނދިރި އަލަމާރިއެއްގައި ވެސް ބެހެއްޓިދާނެއެވެ. އާފަލުގެ ތޮށީގައި އެތެރެއަށްވުރެ ގިނައިން ގަސްގަހުގައި ހުންނަ ޕްލާންޓް ކެމިކަލް ހުންނާނެއެވެ. އެެހެންކަމުން ތޮށްޓާއެކު ކެއުމުން ލިބޭ ފައިދާ ބޮޑެވެ. ކާން އާފަލު ތައްޔަރުކުރާއިރު ކުލަ ބަދަލުވުން ހުއްޓުވުމަށް ލުނބޯ ހުތް ދެ ސަމުސާ ވަރު ފެން އެއްޗަކަށް އަޅާފައި އޭގެ ތެރެއަށް ކޮށުން މުހިއްމެވެ.

އާފަލުގައި ހުންނަ ނިއުޓްރިއެންޓްސް:

ކެލަރީ 60

ކާބޯހައިޑްރޭޓްސް 16 ގުރާމް،

ފައިބަރ 2.8 ގުރާމް،

ވިޓަމިން ސީ 5 ގުރާމް

ޕޮޓޭސިއަމް 123 ގުރާމް

                            ނޯޓު: މައުލޫމާތު ނަގާފައިވަނީ ހަންޑްރެޑް ބެސްޓް ހެލްތު ފުޑްސް އިންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.