ކުރިއަށްއޮތް ލޯކަލް ކައުންސިލް އިމްތިޚާބުގައި ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ދޭނެ ބޭފުޅުންގެ ނަންތައް އެޕާޓީން މިއަދު އިއުލާން ކުރައްވައިފިއެވެ.
އެގޮތުން ދެ ސިޓީއަކުން 6 ބޭފުޅަކަށް ވަނީ ޓިކެޓު ދިނުމަށް ނިންމަވައިފައެވެ. އަދި ދެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ދެ ބޭފުޅަކަށް ވަނީ ޕްރައިމަރީއާ ނުލައި ޓިކެޓު ދެއްވަން ނިންމަވައިފައެވެ. އޭގެ އިތުރުން ރަށުކައުންސިލްތަކުގެ 387 ބޭފުޅަކަށް ޕްރައިމަރީއާ ނުލައި ޓިކެޓު ދެއްވުމަށް ވަނީ ނިންމަވައިފިއެވެ.
ސިޓީ ކައުންސިލްތަކުގެ ތެރެއިން ޕްރައިމަރީއާ ނުލައި ޓިކެޓު ދެއްވަން ނިމަވާފައިވަނީ މާލެ ސިޓީ ކައުންލުން 5 ބޭފުޅަކަށާއި ފުވައްމުލަކު ސިޓީން ބޭފުޅަކަށެވެ. އަތޮޅު ކައުންސިލްތަކުގެ ތެރެއިން ހއ. އަތޮޅު ކައިންސިލާއި، ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ދެ ބޭފުޅަކަށް ވަނީ ޓިކެޓު ދެއްވަން ނިންމަވައިފައެވެ.
މާލެ ސިޓީ ކައުންސިލަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޕްރައިމަރީއާ ނުލައި ޓިކެޓު ދެއްވަން ނިންމެވީ، ހެންވޭރު އުތުރުދާއިރާ، އާއިޝަތު ނިޒްލީ ރަޝީދު، ހ. ޅަރީތިގެ އާއި، ގަލޮޅު ހުޅަނގު ދާއިރާ، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު، މއ. ދެކުނުއިންނާގެ އާއި، މާފަންނު ހުޅަނގު އުތުރު ދާއިރާ، މުހައްމަދު އަރީޝް، މ. އަހުލިހަ އެވެ. އޭގެ އިތުރުން މާފަންނު ހުޅަނގުދާއިރާ، މުހައްމަދު ޝާހު، މ. ވިންދު އާއި، މާފަންނު ދެކުނު ދާއިރާ، ހުސައިން ޝަރީފް، މ. ދިލްދިޔާ އަށްވަނީ ޕްރައިމަރީއާ ނުލައި ޓިކެޓު ދެއްވަން ނިންމަވައިފައެވެ.
ފުވައްމުލައް ސިޓީން ޕްރައިމަރީއާ ނުލައި ޓިކެޓު ދެއްވަން ނިންމަވާފައިވަނީ، ފުވައްމުލައް ހުޅަނގު އުތުރުދާއިރާ، އާމިނަތު ސައުސަން، ދިގުވާނޑު، ބީޗުވޭ އަށެވެ.
އަތޮޅު ކައުންސިލްތަކުގެ ތެރެއިން ޕްރައިމަރީއާ ނުލައި ޓިކެޓު ދެއްވަން ނިންމަވާފައިވަނީ، ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް، ހއ. ދިއްދޫ، ނިޝާން، މޫސާ ޝަފީގާއި، ފ. އަތޮޅު އަތޮޅު ކައުންސިލްގެ ރައީސްކަމަށް، ފ.ބިލެތްދޫ، ޖަވާހިރުމާގޭ، މުހައްމަދު ސަހުރީދެވެ.
މީގެ އިތުރުން 18 އަތޮޅަކުން ރަށުކައުންސިލަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން 387 ބޭފުޅަކަށް ވަނީ ޓިކެޓު ދެއްވަން ނިންމަވައިފައެވެ. އޭގެ ތެރޭގައި 38 އަންހެން ބޭފުޅުން ހިމެނެއެވެ.