އަދީބު ތިންމަހަށް ޖަލަށް ލާން ޙުކުމް ކުރައްވައިފި

ފޮޓޯ: ސޯޝަލްމީޑިއާ (@RKRadhakrishn)

ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ތިން މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ޙުކުމް ކުރައްވައިފިއެވެ.

އެމަނިކުފާނު ޖަލަށް ލުމަށް ހުކުމްކުރެއްވީ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުން މަނާ ކުރައްވާފައިވަނިކޮށް ޓަގު ބޯޓެއްގައި ފިއްލަވަން އުޅުއްވުމުންނެވެ. ފިއްލަވައިގެން ވަޑައިގެންނެވީ އިންޑިއާގެ ސޫތުކުޅިއަށެވެ. އެހެނަމަވެސް އިންޑިއާއަށް ވަނަ ނުދެއްވައި އިންޑިއާ ސަރުކާރުން ވަނީ އޭނާ ދިވެހި ފުލުހުންނާ ޙަވާލު ކުރައްވައިފައެވެ.

މި މައްސަލައިގެ އިބުތިދާއީ މަރުޙަލާގައި އަދީބު ވަނީ ކުށަށް އިޢުތިރާފުވެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނުވަނީ ކޯޓުގައި މަޢާފަށް ވެސް އަދިވަޑައިގެންފައެވެ. އަދީބު ކުށަށް އިޢުތިރާފުވެ ވަޑައިނުގެންނެވިނަމަ އެމަނިކުފާނުގެމައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ތިންމަހާއި 18 ދުވަހުގެ ޙުކުމެއް އައީސް ކުށަށް އިޢުތިރާފުވެ ވަޑައިގެންނެވުންނެވެ.

މިހާރުވެސް ފުލުހުން ގެންދަވަނީ އަދީބަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ތަޙުޤީޤު ކުރައްވަމުންނެވެ. އޭގެ ކުރިން އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ 33 އަހަރުގެ ޖަލުޙުކުމްތަކެއް ކޯޓުންވަނީ ބާތިލް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.