ހދ ނޮޅިވަރަމުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު މަރުވެއްޖެއެވެ. ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި މީހުންގެ ތެރޭގައި އެއް އާޢިލާގެ ހަތަރު މީހުން ހިމެނެއެވެ.
އެއް އާއިލާއަށް ނިސްބަތްވާ ހަތަރު މީހުންނަކީ ހދ. ނޮޅިވަރަމް އުނިމާގޭ ޙުޞައިން ޢަބްދުﷲ، އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ(30) އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅެވެ. މީގެ އިތުރުން މަރުވި މީހަކީ ނޮޅިވަރަމް ސްކޫލުގެ ޓީޗަރެއްގެ އަންހެނުން ކަމަށް ވެއެވެ.
އެމްއެންޑިއެފް އިން ހާމަކޮށްފައިވާ ގޮތުގައި ލޯންޗް ބަންޑުން ޖަހައިލައިފައި ވަނީ ހަނިމާދޫ ބޭރު ކަންމައްޗަށެވެ. ލޯންޗް ބަންޑުން ޖަހާލި އިރު ދެ ކުޑަކުދިންނާއެކު 10 މީހުން ލޯންޗްގައި ތިއްބެވެ.
ހާދިސާ ހިނގިކަން ރިޕޯޓް ކޮށްފައިވަނީ ހާދިސާގައި ސަލާމަތްވި ތިން މީހަކު ފަތާފައި ގޮސް ހަނިމާދޫއަށް އަރައެވެ. އޭގެ ތެރޭގައި ލޯންޗް ދުއްވަން އިން ލޯންޗްގެ ވެރިމީހާވެސް ހިމެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާގައި ސަލާމަތް ވި މީހުންނަށް ހަނިމާދޫ ޞިއްޙީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. މަރުވި މީހުންގެ ހަށިގަނޑު ވެސް މިހާރު ވަނީ ހަނިމާދޫއަށް ގެންގޮސްފައެވެ.
ނޮޅިވަރަމުން ހަނިމާދޫއަށް ލޯންޗް ފުރީ މިއަދު 11:10 ހާއިރުއެވެ. އޭރުވެސް އެ ހިސާބަށް މޫސުމް ވަރަށް ގޯސް ކަމަށް ވެއެވެ.
މަރުވި މީހުންގެ ޖަނާޒާ ހަނިމާދޫގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ހާދިސާ އާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އާއި ނައިބް ރައިސް ފައިޞަލް ނަސީމް އާއި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބދުލްޤައްޔޫމް އާއި ސަރުކާރުގެ ވަޒީރުން ވަނީ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.
https://twitter.com/ibusolih/status/1167025379984334848?s=20
Miadhu Hdh.Nolhivaramfarun furaigen dhiya meehunge therein 5 meehun niyaavi khabaru ehee funn hithaamayaa eku. Mi hithaamaiga baiverive aailaathakah keihtherikan minvaru kurevvun edhi dhua kuran.
— Faisal Naseem (@FaisalNasym) August 29, 2019
Deeply shocked and saddened by news of the death of five people of one family including an infant in heavy seas near Hanimaadhoo today. May Allah bless their souls and give strength to the bereaved family! We must learn to take more care when travelling in stormy weather.
— Maumoon Abdul Gayoom (@maumoonagayoom) August 29, 2019
މިއަދުގެ ހާދިސާގައި ނިޔާވި ޙުސައިން ޢަބދުﷲ އަކީ ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރެކެވެ. ޙުސައިން ޢަބްދުﷲގެ ކުއްލި މަރާއި ގުޅިގެން އެޑިއުކެޝަން މިނިސްޓަރ ޢާއިޝަތު ޢަލީ ކުރެއްވި ޓުވީޓުގައި ޙުސައިން ޢަބްދުﷲ ސިފަކރުައްވާފައިވަނީ 'ސުޕަރ ޓީޗަރ' ގެ ގޮތުގައެވެ،
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
Deeply saddened about the untimely death of Nolhivaranfaru School 'Super Teacher' Hussain Abdulla and some family members in a tragic accident. A teacher lives in the hearts of those who studied under him or her.— Aishath Ali (@aisthly) August 29, 2019