ޢިމާރާތަކުން ވެއްޓުނު ދަގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

ހެންވޭރުގައި މަގު ބަންދުކޮށްގެން ޢިމާރާތް ކުރަމުންދިޔަ ސައިޓެއްގައި ސޭފްޓީ އަށް ޖަހައިފައިހުރި ދަގަނޑެއްގައި ވައިއެޅި ވެއްޓި މީހެއްގެ ބޯފަޅައިގެން ހިންގައްޖެއެވެ.

ފުލުހުން ވިދާޅުވީ ފަޅައިގެން ދިޔައީ ދަގަނޑު ވެއްޓުނު ވަގުތު ނުބައި ލޭނަކުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހެއްގެ ބޯ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ރޭ 12:10 އެހައިކަންހާއިރު ކަމަށެވެ. މި ޙާދިސާގައި އަނިޔާ ލިބުނު މީހާގެ އެއްވެސް ތަފްތީލެއް ފުލުހުން ނުދެއްވައެވެ. އޭނާއަށް ވަނީ އައިޖީއެމްޗުގައި ފަރުވާދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.