ސަލްމާން ޚާން ސޯޝަލްމީޑިއާގައި ޝެއަރ ކުރި ބަހާރަތުގެ ޕޯސްޓަރެއްގައި އޭނާ ފެންނަނީ ނުރަ ތުުނބުޅި އަކާ އެކު، އުމުރުން ދުވަސްވެފައިވާ މީހެއްގެ ގޮތުގައެވެ. މި ޕޯސްޓަރާ އެކު ސަލްމާނަށް ތާއީދުކުރާ މީހުން އޭނާގެ ލުކަށް ތައުރީފު ކުރަން ފެށިއެވެ.
ފިލްމުގެ ޑައިރެކްޓަރު ޢަލީ ޢަައްބާސް ސަލްމާނުގެ އެ ލުކާ ބެހޭގޮތުން ބުނީ އެގޮތަށް ސަލްމާން ޚަން މުސްކުޅި ކުރަން ދެގަޑި އިރާއި ތިރީސް މިނެޓު ހޭދަވި ކަމަށެވެ. އަދި ފިލްމުގެ ކެރެކްޓަރަށް ބޭނުންވާ ގޮތަށް ސަލްމާން މުސްކުޅި ކުރަން އެތައް މޭކަޕް އާޓިސްޓުންނެއް ބައިވެރިވި ކަމަށެވެ.
ޢައްބާސް ޒަފަރު ބުނިގޮތުގައި އެ ޕްރޮސްތެޓިކް ފަރުމާ ކުރީ އިނގިރޭސިވިލާތުގެ ކުންފުންޏަކުންނެވެ. ނަމަވެސް ޕްރޮސްތެޓިކް ބޭނުންކޮށްގެން މޭކަޕް ކުރީ އިންޑިއާގެ މޭކަޕް އާޓިސްޓުން ކަމަށެވެ. އަދި ސަލްމާނާ ގުޅޭ ތުނބުޅި އަކާއި މަތިމަހެއް ހޯދަން ތަފާތި 20 ވައްތަރެއްގެ ތުނބުޅި ބޭނުންކުރަންޖެހުނު ކަމަށެވެ.
ކަވި މޭކަޕެއް ކުރަން ޖެހުނު ނަމަވެސް އެ ދެގަޑި އިރާއި ތިރީސް މިނެޓު ސަލްމާން ކެތްތެރި ކަމާއެކު އިންކަމަށް ޢައްބާސް ޒަފަރު ބުނެފައިވެއެވެ. ބަހާރަތުގައި ސަލްމާންގެ އެކި އުމުރުފުރާ ފެންނަ އިރު އުމުރުން ދުވަސްވީ ސަލްމާނުގެ ކެރެކްޓަރަކީ ފިލްމުގެ އެންމެ މުހިއްމު ކެރެކްޓަރ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި މޭކަޕާއި މުޅި ޕްްރޮސެސްގައި ސަލްމާން ވަރަށް ބޮޑަށް އެއްބާރުލުން ދިން ކަމަށެވެ.
ޢަލީ ޢައްބާސސް ޒަފަރު ވަނީ މީގެ ކުރިންވެސް ސަލްމާން އާއެކު 'ސުލްޠާން' އާއި 'ޓައިގަރ ޒިންދާ ހޭ' ޑައިރެކްޓް ކޮށްފައެވެ.