ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެމެރިކާ އިން އިލްތިމާސްކޮށްފި

ރާާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާގެ ރައްޔިތުންނަށް އެގައުމުން އިލްތިމާސް ކޮށްފިއެވެ. ސްޓޭޓް ޑިޕާޓްމަންޓް އޮފް އެމެރިކާ އިން މިއަދު ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވާ ގޮތުގައި އިންޒާރަކާ ނުލާ ފަތުރުވެރީން އުޅޭ ތަންތަނަށާއި ޓްރާންސްޕޯޓޭޝަން ހަބް ތަކަށާއި މާރުކޭޓް/ޝޮޕިން މޯލް ފަދަ ތަންތަނަށާއި އަދި ޚިދުމަތް ފޯރުކޯށްދޭ ތަންތަނަށް އިންޒާރަކާ ނުލާ ޓެރަރިސްޓުން ހަމަލާ ދީފާނެއެވެ.

އަދި ހަމަލާތައް އަމާޒުކުރާނީ މާލެ އާއި ދުރުގައި އޮންނަ ރަށްރަށަށް ކަމަށް ބެލެވޭ ކަމަށެވެ. މިފަދަ އެރަށްރަށަށް ދަތުރުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ހަރަކާތްތެރިވުމަށް ވަގުތު ނަގާނެ ކަމަށް ބުނެފައިވެއެވެ.

މި އެޑްވައިޒަރީ އަކީ މާފުށީގައި މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ ނެރުނު އެޑްވައިޒަރީ އިސްލާހު ކުރުމަށްފަހު ނެރެފައިވާ އެޑްވައިޒަރީ އެކެވެ.

ޓްރެވެލް އެޑްވައިޒަރީ ޓުވީޓުގައިވާ ލިންކުގައި: 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.