އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ 1140ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަަ ދުވަހަކީ، ކަލަންޑަރުގައިވާ ގޮތުން މި މޭ މަހުގެ ހައެއް ވާ ހޯމަ ދުވަސް ކަމަށްްވާތީ، ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރާންޖެހޭ ކަންކަން ކުރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.