މާލޭގެ ގެއަކުން އެލްމިނިއަމް ކުޑަދޮރެއް ވެއްޓި ދެ ސައިކަލަކަށް ގެއްލުންވެއްޖެ

ގ.ކަމަރާގޭގެ 4 ވަނަ ބުރިން ވެއްޓުނު ކުޑަދޮރު: ފޮޓޯ ޕޮލިސް

މާލޭގެ ގެއަކުން އެލްމިނިއަމް ކުޑަދޮރެއް ވެއްޓި ދެ ސައިކަލަށް ގެއްލުންވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ދޮރު ވެއްޓިފައިވަނީ ގ.ކަމަރާގޭގެ 4 ވަނަ ބުރިން ކަމަށެވެ.

މިއަދު ހަވީރު 5:50 އެހައިކަންހާއިރު ހިނގި މިޙާދިސާގައި ދޮރު ވެއްޓުނުއިރު އެސަރަޙައްދުގެ މަގުން ދިޔަ ސައިކަލެއްގައި ވަނީ ޖެހިފައެވެ.

"މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވޭ. ނަމަވެސް ދެ ސައިކަލަކަށް ވަނީ ގެއްލުންވެފައި،" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މި ޙާދިސާގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސީލާ ވެސް ޙިއްސާ ކުރައްވައިފައެވެ. މާލޭގެ ގެތަކުން މަގުއްމައްޗަށް މިފަދަ އެއްޗެހި ވެއްޓި މަގު ހިނގާމީހުންނާއި ދުއްވާ މީހުންނަށް ތަފާތު އަނިޔާތައް ދަނީ ވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.