އައިފޯން ވިއްކާ ކަމަށްބުނެ މަކަރާއި ޙީލަތުން ފައިސާ އަތުލާ މައްސަލައެއް ބަލަން ފަށައިފި

އައިފޯން ވިއްކާ ކަމަށް ބުނެ މަކަރާއި ޙީލަތުން މީހުން އަތުން ފައިސާއަތުލަމުންދާ ފޭސް ބުކު ޕޭޖެއް ކަމަށްވާ "މުޙައްމަދު ޓެލެކޮމިޔުނިކޭޝަން" ގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެކަމާ ގުޅިގެން ދެމައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. މަކަރާއި ޙީލަތުން އަތުލާ ފައިސާ ޖަމާކުރަމުންދަނީ ދިވެހި އަންހެނެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވައިފައިވާ އެކައުންޓަކަށް ކަމަށާއި ފުލުހުވަނީ އެ އަންހެންމީހާއާ ސުވާލޮކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ އަންހެން މީހާއާ ފުލުހުން ސުވާލު ކުރުމުން އެ ޕޭޖުން އޭނާއަށް ވެސް އޮޅުވާލައިފައިވާ އޭނާ ބުނެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އައިފޯން ގެނެސްދޭނެ ކަމަށް ބުނެފައި ފޯނު ގެނެސްދީފައި ނުވާކަމަށް އޭނާ ބުނެފައިވެއެވެ.

އެ ޕޭޖުން ވަނީ އެ އަންހެން މީހާއަކީ ރާއްޖޭގެ އެޖެންޓު ކަމަށް ވެސް ނިންމައިފައެވެ. އެގޮތަށް ނިންމައި އެހެން ދިވެހިންގެ އަތުން ފައިސާ އަތުލުމަށްފަހު އޭނާގެ އެކައުންޓަށް ފައިސާ ޖަމާ ކުރަމުންދިޔަ ކަމަށް ވެސް އޭނާ އޭނާ ބުނެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ފައިސާ ޖަމާކުރި ސްލިޕް ވައިބަރ މެދުވެރިކޮށް އޭނާއަށް ބޭރު ނަމްބަރަކުން ފޮނުވުމަށްފަހު، ވެސްޓަރން ޔޫނިއަން މެދުވެރިކޮށް މުޙައްމަދު ޓެލެކޮމިޔުނިކޭޝަން އިން ބުނެފައިވާ ނައިޖީރިއާގެ އެޑްރެސް ތަކަކަށް ފައިސާ ފޮނުވަމުން ގެންދާ ކަމަށް ތަޙުޤީޤަށް (އެ އަންހެން މީހާ) މަޢުލޫމާތު ދީފައިވޭ،" ފުލުހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.