ކައުންސިލަރުންނާމެދު އަޅައިފައިވާ ފިޔަވަޅުތައް މުރާޖަޢަ ކުރަން ފަށައިފިން: ޢިމްރާން

ކައުންސިލަރުންނާ ދެކޮޅަށް ނުޙައްޤުން ކުރިން އަޅާފައިވާ ފިޔަވަޅުތައް މުރާޖަޢަ ކުރައްވަން ފަށްޓަވައިފި ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަރނަންސް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އައްޝައިޚު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވައިފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އެމައްސަލަތައް ބަލައި ވަރަށް އަވަހަށް އިންސާފު ޤާއިމް ކުރެވިގެންދާނެ ކަމަށެވެ. "އިންޝާﷲ ދާދި އަވަހަށް މައްސަލަތައް ނިމި އިންސާފު ޤާއިމް ވެގެންދާނެ،" މިނިސްޓަރު ވދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ސަބަބުތަކާހުރެ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސަރުކާރުން ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެލްޖީއޭ އިން ވަނީ ގިނަ ކައުންސިލަރުން ސަސްޕެންޑުކޮށް ފިޔަވަޅު އަޅައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.