މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ތަޒްމީލް ޢަބްދުއް ޞަމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ތަޒްމީލަކީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ޢުމަރު ނަސީރު ހުންނެވި އިރު އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރަކަށް ހުންނެވި ބޭފުޅެކެވެ. އަދި އެތަނުގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށް ވެސް އޭނާ ހުންނެވިއެވެ. ގއ. ދެއްވަދޫ، ކަރަންކާގޭ ތަޒްމީލް އެމްޓީޑީސީގެ އެމްޑީ އަކަށް ޖަމަޖެއްސެވީ ރައީސް މައުމޫނުގެ ސްލޮޓެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް މިއަދު ވަނީ ހއ. ހޯރަފުށީ، ދަނބުރުއްދޮށުގޭ ޢަލީ މިދުޙަތު ހަމަޖައްސަވައިފައެވެ. އޭނާއަކީ ކުރިން ކުރިން ވެސް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
Md ah dhanvaalanothee mtdc ge hisssge faidhaalibeyne gotheh hahdhavai dhehvaashey