ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރަކަށް ގދ. ވާދޫ، މައިފޫނާ، އަޙުމަދު ސަޢީދު ހަމަޖައްސަވައިފިއެވެ.

އޭނާގެ އިތުރަށް އިސްލާމީމަރުކަޒުގެ އިމާމަކަށް ވެސް ބޭފުޅަކުވަނީ ހަމަޖައްސަވައިފައެވެ. އެމަޤާމަށް ހަމަޖައްސަވައިފައިވަނޯ ހދ. ކުޅުދުއްފުށީ، ޝަބުނަމީގޭ، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ. އޭނާ އެމަޤާމަށް ހަމަޖައްސަވައިފައިވަނީ ޑެޕިޔުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.
އޭގެ އިތުރަށް ހެލްތު މިނިސްޓްރީގެ ނާއިބަކަށް ވެސް ބޭފުޅަކު ވަނީ އައްޔަން ކުރައްވައިފައެވެ. އެމަޤާމަށް އައްޔަން ކުރައްވައިފައިވަނީ އައްޑޫ ސިޓީ ފޭދޫ ޕިންކްހައުސް، ޝިޔާމާ މުޙައްމަދެވެ.
