ޔޫރޯ ފުޓްބޯޅަ މުބާރާތް : ފްރާންސް 2 – 1 ރުމޭނިއާ

3888

ފްރާންސްގައި ކުރިއަށްދާ މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް (އޭ) ގައި ހިމެނޭ ދެޓީމުކަމަށްވާ، ރުމޭނިއާގެ މައްޗަށް 2 – 1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ފުރާންސް ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ ކުޅުނު މެޗުގައި ރުމޭނިއާގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނެވެ. އެގޮތުން ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތުތައްވެސް އެޓީމަށް ލިބުނެވެ. ރުމޭނިއާ އާ އަޅާ ބަލާއިރު ހުރިހާގޮތުންވެސް ތަފާތު މޮޅު، ފްރާންސްއަށްވެސް ގިނަ ހުސްފުރުސަތުތަކެއްލިބި ވަނީ ބޭކަރުވެފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑުޖަހައި މެޗުގެ ލީޑުނެގީ ފްރާންސް އެވެ. އެއީ މެޗުގެ 57 ވަނަ މިނެޓުގައި އޮލިވާ ޖިރޫ ކަމިޔާބުކޮށްދިން ލަނޑެވެ. އޭނާ ލަނޑު ޖެހީ ޕަޔެޓް ނަގައިދިން ހުރަހަކުން ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުންނެވެ.

ރޭގެ މެޗުގައި ރުމޭނިޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ، މެޗުގެ 65 މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސްޓެންކޫ އެވެ. މިފެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިޔާ ތެރެއިން ރޫމޭނިއާގެ ސްޓެންޗޫ އަށް ޕެޓްރީޝް އެވްރާ ކުރި ފައުލަކާ ގުޅިގެންނެވެ.

5472

މިލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެފައިވަނިކޮށް، ފްރާންސް މޮޅުކޮށްދިނީ މެޗުގެ 89 ގައި ޖެހިލަނޑުން ޕެޔެޓް އެވެ.

 

މިމުބާރާތުގައި މިރޭކުޅޭ މެޗުތައް:

(ގްރޫޕް : އޭ) އަލްބޭނިއާ - ސްވިޒަލެންޑް މެޗް ކުޅޭނީ : 18:00 ގައި

(ގްރޫޕް : ބީ ) ވޭލްސް - ސްލޮވާކިއާ މެޗް ކުޅޭނީ : 21:00 ގައި

(ގްރޫޕް : ބީ ) އިންގްލެންޑް - ރަޝިއާ މެޗް ކުޅޭނީ : 00:00 ގައި

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.