މިސްކިތްތަކުގައި ޤުރުއާން ކިޔަވައި ދެއްވުމުގެ ޕްރޮގްރާމް ފަށްޓަވައިފި

މިސްކިތްތަކުގައި ޤުރުއާން ކިޔަވައި ދެއްވުމުގެ ޕްރޮގްރާމް މިރޭ ފަށްޓަވައި ދެއްވައިފި ކަމަށް ހޯމް މިނިސްޓްރީމް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވައިފައިވާ ކަންތައްތަކުގެ ތެރެއިން އެއްކަމެވެ. މި ރަސްމިއްޔާތުގައި ހޯމްމިނިސްޓަރު އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، އިސްލާމިކް އެފެއާޒު މިނިސްޓްރ އަޙުމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޕްރޮގްރާމް ފަށްޓަވައި ދެއްވައިފައިވަނީ ކ. މާފުށީ މަސްޖިދުލް ފާރުޤުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިހާތަނަށް 11 އަތޮޅެއްގެ 17 ރަށެއްގައި މިޕްރޮގްރާމް ފެއްޓެވުމަށްވަނީ ނިންމަވައިފައެވެ. މި ޕްރޮގްރާމުގައި މިހާތަނަށް 300 އެއްހާ ކުދިން ބައިވެރިވެފައިވާ ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާ ކަންތައްތަކުގެ ތެރެއިން ގިނަކަންކަން އެކަމަކާ ގުޅޭ މިނިސްޓްރީ ނުވަތަ މުއައްސަސާއަކުން ގެންދަވަނީ ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.