މަސްވެރިން ބާނާމަހަށް ހަމައަގު ހޯއްދަވައި ދެއްވަން މަސައްކަތް ކުރާނަން: ރައީސް

މަސްވެރިން ބާނާ މަހަށް އަބަދުވެސް ހަމަ އަގު ހޯދައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މަސްވެރިންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ތަހުނިޔާ ވިދާޅުވެ އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މަސްވެރިން ބާނާމަހަށް ހަމަ އަގު ހޯއްދަވައި ދެއްވުމުގެ އިތުރަށް ރާއްޖޭގައި މަސްވެރިކަން ކުރިއަރުވަން ކުރެވެން އޮތް ހުރިހާ ކަމެއް ވެސް ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.

"މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވަމެވެ. އަދި، މަސްވެރިން ބާނާ މަހަށް އަބަދުވެސް ހަމަ އަގު ހޯދައި، ރާއްޖޭގައި މަސްވެރިކަން ކުރިއަރުވަން ކުރެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރާނަމެވެ." ރައީސްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މަސްވެރިން ބާނާމަހަށް ހަމަ އަގު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު މިފްކޯއަށް މަސްކިރުމުން އަދިވެސް ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށް ބައެއް މަސްވެރިން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.