އިސްތަށިގަނޑަށް ގޭގައި ދެވިދާނެ ފަރުވާ

ބޮލުން އިސްތަށި ފައިބާ ތަފާތު ސަބަބުތައް ހުރެއެއެވެ. އޭގެ ތެރޭގައި ސްޓްރެސް، އުމުރުން ދުވަސްވުން، ޖެނެޓިކްސް އަދި އިސްތަށިގަނޑަށް ދޭ ފަރުވާގައި ހިމެނޭ ކެމިކަލް އާއި ޑައި އަކީ އިސްތަށި ފައިބަން މެދުވެރިވާ ބައެއް ސަބަބުތަކެވެ. އިސްތަށި ފައިބާ ނަމަ އަގުބޮޑު އުފެއްދުންތަކާއި ފަރުވާ އަށް ފައިސާ ޚަރަދު ނުކޮށް ގޭގައި ވެސް ފަރުވާ ދެވިދާނެއެވެ. ބޯ އިސްތަށިގަނޑަކަށް ގޭގައި ދެވިދާނެ ތަފާތު ގެވެށި ފަރުވާ ހުރެއެވެ. އޭގެތެރެއިން ފަރުވާއެއް މި ހަފްތާގައި ގެނެސްދޭނަމެވެ.

އާމަނަކަ ތެޔޮ (ކޭސްޓަރ އޮއިލް) އަކީ އިސްތަށިފެޅުވުމަށް އެހީތެރިވެދޭ މާއްދާތައް ހިމެނޭ ތެލެކެވެ. އާމަނަކަ ތެޔޮ ގަވާއިދުން ބޭނުންކުރާނަމަ އިސްތަށި ފަޅައި ބޮލުގެ އިސްތަށިގަނޑު ބޯވެ އިސްތަށިތައް ދުޅަހެޔޮވާނެއެވެ. އަދި އިސްތަށިގަނޑަށް ވިދުން ގެނެސްދޭނެއެވެ.

މާމުޔަކީ އިސްތަށިގަނޑު ހައިޑްރޭޓް ކޮށްދި އިސްތަށި ފޭބުން ހުއްޓުވައި އިސްތަށިގަނޑަށް ވިދުން ގެނެސްދޭ ބާވަތެކެވެ.

އޯބަތަކީ (ފެނުގްރީކް ސީޑް) އަކީ ވެސް އިސްތަށި ފެޅުވުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަދި އާ އިސްތަށި ފެެޅުވުމަށާއި ބޮލުން ހަންފޮޮޅުން ހުއްޓުވައި އިސްތަށީ ފޭބުންވެސް ހުއްޓުވުމަށްވެސް އެހީތެރިވެއެވެ.

ފަރުވާ އަށް ބޭނުންވާނެ ބާވަތްތައް:

½ ޖޯޑު އޯބަތް ތެޔޮ (އޯބަތް ތެޔޮ ތައްޔާރު ކުރުމަށް ޖޯޑެއްގެ އޯބަތާއި 2 ޖޯޑު ކާށިތެޔޮ އެއްކުރުމަށްފަހު ފުޅިއަކަށް އަޅައި އިރުގެ އަވި ސީދާ ލިބޭގޮތަށް ހަފްތާއެއް ވަންދެން އަވީލާފަިއ ބަހައްޓާށެވެ.)

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ރޯ މާމުއި

ޖޯޑެއްގެ ތިންބައިކުޅަ އެއްބައި އާމަނަކަ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އޯބަތް ތެލާއި އާމަނަކަ ތެޔޮ ފުޅިއަކަށް އެޅުމަށްފަހު ތިން ބާވަތް ރަނގަޅަށް އެއްކުރާށެވެ. މި މިކްސްޗަރު އިސްތަށިގަނޑުގައްޔާއި ބޮލުގެ ނާށިގަނޑުގައި އުނގުޅައި މަސާޖުކުރާށެވެ. ޝަވަރ ކެޕެއް ބޮލުގައި އެޅުމަށް ފަހު 1 ގަޑިއިރު ވާންދެން ބެހެއްޓުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ.

މި މާސްކް ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ބޭނުންކުރާށެވެ.

އިތުރު ފަރުވާ:

އޯބަތް: އޯބަތަކީ ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. އިސްތަށި ފޭބުން ހުއްޓުވުމަށް މޭޒުަމތީ ސަމުސަލުގެ 2 ސަމުސާ ނުވަތަ 3 ސަމުސާ އޯބަތް 10 ގަޑިއިރުވަންދެން ފެނުލާފައި ބަހައްޓާށެވެ. އެއަށްފަހު އޯބަތް ހިމުންކޮށް ފުނޑާށެވެ. ދެން 2 ސައިސަމުސާ ކާށި ކިރު އެއްކުރުމަށް ފަހު ބޮލުގައި ޕޭސްޓް އުނގުޅާށެވެ. ބައިގަޑިއިރު ބެހެއްޓުމަށްފަހު ހިހޫ ފެނުން ބޯދޮވެލާށެވެ. ހަފްތާއަކު އެއްފަހަރު ގަވަިއދުން މިފަރުވާ ދެވިއްޖެނަމަ އިސްތަށިގަނޑު ބޯ ވާނެއެވެ.

އާމަނަކަ ތެޔޮ: އާމަނަކަ ތެޔޮ ބޭނުންކޮށްގެން ގަވައިދުން ބޯ މަސާޖު ކުރާނަމަ ބޮލުގައި އިސްތަށިފަޅައެވެ. އާމަނަކަ ތެލުގައި އޭގައި ވިޓަމިން އީގެ އާއި ފެޓީ އެސިޑްސް ހުރެއެވެ. މިއީ އިސްތަށި ފަޅުވަން އެހީވާ ދެ މާއްދާ އެވެ.

ކުކުޅު ބިސް: ކުކުޅު ބިހުގައި އިސްތަށި ފެޅުވުމާއި އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުންވާ ޕްރޮޓީން އުފެއްދުމަށް ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވެއެވެ. ކުކުޅު ބިހުގެ ގޮބޮޅިއާއި އާމަނަކަ ތެލާއި އަދި އެސެންޝަލް އޮއިލް އެއްކޮށް މިކްސަޗަރ އެއް ތައްޔާރު ކުރުމަށްފަހު އިސްތަށިގަނޑުގައި އުނގުޅާށެވެ. 15 މިނިޓް ފަހުން ޝޭޕްމްޕޫ ލައިގެން ބޯ ދޮންނާށެވެ. ހަފްތާއެއްގެ ތެރޭގައި މިފަރުވާ ދެ ތިން ފަހަރު ތަކުރާރު ކުރުމުން ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ނަތީޖާ ފެންނާނެއެވެ.

މައުލޫމާތު: އިންޑިއަން ސްޕޮޓް

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.