އިންޠިޚާބާ މެދު ގޮތެއް ނިންމުން މެންދުރު

ރިޔާސީ އިންޠިޚާބާ ބާޠިލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިއަދަށް ތާވަލު ކޮށްފިއެވެ. ސުޕްރީމް ކޯޓުގެ ވެބް ސައިޓުގައި މި މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 13:00 އަށެވެ. މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފްތާގައި ނިންމާލާފައިވާ އިރު މިއަދު އޮންނާނީ ހުކުމް އިއްވުމެވެ. މި މައްސަލަ އަކި ގިނަ ބައެއްގެ މަސްލަހަތު އޮތް މައްސލައެއް ކަމުން މައްސަލައާ މެދު އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް ޔާމީން އާއި އިއްތިހާދުގެ ފަރާތުން އެކި ޕްލެޓްފޯމްތަކުގައި ވަނީ ވާހަކަދައްކާފައެވެ. 

ރިޔަސީ އިންޠިޚާބު ބާއްވާފައިވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. ބޮޑު ތަފާތަކުން އިންޠިޚާބު ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ  ކެންޑިޑޭޓް އިބްރާހިމް މުޙައްމަދް ޞާލިޙް އެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.