ސެވިއްޔާއިން ފަހަތުން އަރައި ޔޫރޮޕާލީގުގެ ތަށި ދިފާޢުކޮށްފި

ccad286c0b8440cfaad36ee0037ecf12_18

ވޭތުވެދިޔަ ދެއަހަރުވެސް ޔޫރޮޕާލީގު ކާމިޔާބުކުރި ސްޕޭންގެ ސެވިއްޔާ ދަށިދިފާޢުކުރީ 3- 1 އިން އިނގިރޭސި ކްލަބު ލިވަޕޫލް ބަލިކޮށްގެންނެވެ.

ރޭ ކުޅުނު ފައިނަލް މެޗު އޮތީ ސްވިޒަލޭންޑްގެ ބާސެލްގައެވެ. މިއީ ޖެހިޖެހިގެން ސެވިއްޔާއިން ޔޫރޮޕާ ލީގު ކާމިޔާބުކުރި ތިންވަނަފަހަރުކަމަށްވާއިރު، ޖުމުލަ ފަސް ފަހަރު އެޓީމުވަނީ މިމުބާރާތް ކާމިޔާބުކޮށްފައެވެ.

ވޭތުވެދިޔަ 10 އަހަރު ޔޫރޮޕާލީގު ކާމިޔާބުކުރި ޓީމުތައް:

2016 – ސެވިއްޔާ

2015 – ސެވިއްޔާ

2014 – ސެވިއްޔާ

2013 – ޗެލްސީ

2012 – އެތްލެޓިކޯ މެޑްރިޑް

2011 – ޕޯރޓޯ

2010 – އެތްލެޓިކޯ މެޑްރިޑް

2009 – ޝަޚްތަރ ޑޮނެޓްސްކް

2008 – ޒެއިންޓް އެސްޓީ ޕެޓާރސްބާރގް

2007 - ސެވިއްޔާ

ރޭގެ މެޗުގައި އެންމެފުރަތަމަ ލަނޑެއްޖަހައި ކުރިހޯދީ ލިވަޕޫލެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 35 ވަނަ މިނެޓުގައި ޑެނިއަލް ސްޓަރިޖެވެ. މިނަތީޖާއާއެކު ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ފުރަތަމހާފުގައިވެސް ސެވިއްޔާއިން ވަނީ ރަނގަޅު ކުޅުމެއްދައްކައި، ލިވާޕޫލަށް ނުރައްކާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު، ސެވިއްޔާގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލިވާޕޫލަށް ނުރައްކާބޮޑުކުރިއެވެ. ނަތީޖާއެއްގެގޮތުން، މެޗުގެ 46 ވަނަ މިނެޓުގެ ތެރޭގައި ސެވިއްޔާއިން ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެޓީމުންޖެހީ ދެވަނަހާފުގެ 16 ވަނަ ސިކުންތުގައެވެ. މިލަނޑުޖެހީ ކެވިން ގެމޭރޯ އެވެ.

ސެވިއްޔާއިން ފުރަތަމަފަހަރަށް ރޭގެމެޗުގެ ލީޑުނެގީ މެޗުގެ 64 ވަނަ މިނެޓުގައި ކެޕްޓަން ކޮކޭ ޖެހިލަނޑުންނެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރި އެވެ. އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ކޮކޭ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.